އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލްއަށް ލިބިވަޑައިގެން އަންހެން ދަރިކަނބަލުންނަށް، ލިލީބެޓް ކިޔުމުގެ ކުރިން ޕްރިންސް ހެރީ، މާމާފުޅު، ރާނީ އެލިޒެބެތް ކައިރިން ހުއްދަ ނެގި ކަމަށް މީޑިއާގައި ރިޕޯޓުކޮށްފިއެވެ.
މި ދެމަފިރިންގެ ދަރިކަނބަލުންގެ ނަމަކީ ލިލީބެޓް ޑަޔާނާ މައުންޓް ބެޓެން ވިންޑްސާއެވެ. ރާނީ އެލިޒަބަތަށް ޢާއިލާ މީހުން ލޯބިން ކިޔާ ނަމަކީ ލިލީބެޓްއެވެ. ޑަޔާނާ އަކީ ހެރީގެ މަންމަ އަދި ލިލީގެ މާމަ އެވެ. އެހެންކަމުން ދަރި ކަނބަލުންނަށް ނަން ދީފައިމިވަނީ ރާނީ އެލިޒިބަތާއި މާމަ ޑަޔާނާގެ ނަމާއި ގުޅުވައިގެންނެވެ.
ހެރީގެ ދަރިކަނބަލުންނަށް މި ނަމުން ނަން ދިނުމަކީ، ވަރަށް ހަރުކަށި އަމަލެއް ކަމަށް ބުނެ ޝާހީ އާއިލާގެ ކޮމެންޓޭޓަރަކު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ލިލީބެޓް މި ނަމުން ކުއީން އެލިޒެބެތާއި ހަމައެކަނި މުހާތަބުކުރާ ފަރާތަކީ މަރުވެފައިވާ ފިރިކަލުން ޕްރިންސް ފިލްޕް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ޕްރިންސް ފިލިޕް އާއި މޭގަން ދަރިކަނބަލުންނަށް އެނަމުން ނަން ދިނީ، ކުއީން އެލިޒެބެތްގެ ރުހުމާއެކުކަމަށް ޝާހީ އާއިލާގެ މަސްދަރުތަކުން ވަނީ ޔަޤީންކޮށްދީފައެވެ.
ލިލީބެޓް އުފަންވެ ވަޑައިގެންފައިވަނީ މިދިޔަ ހުކުރުދުވަހު ހެނދުނު 11:40 ގައެވެ.



