ކޮވިޑް-19 ގައި ޤާނޫނީ ވަކީލަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިއަދު ޤާނޫނީ ވަކީލަކު ނިޔާވެއްޖެއެވެ.

މިއަދު ވަނީ މި ބަލީގައި ރާއްޖެއިން ދެ މީހަކު ނިޔާވެފައެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ކޮވިޑް-19 ގައި މިއަދު ދެވަނަ އަށް ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހަވީރު 04:15 ގައެވެ.

މީގެ އިތުރުން މިއަދު މެންދުރު 12:02 ގައިވެސް ވަނީ މި ބަލީގައި މީހަކު ނިޔާވެފައެވެ. މިއީ މިއަދު މި ބަލީގައި ފުރަތަމަ ނިޔާވި މީހާއެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު މި ބަލީގައި ފުރަތަމަ ނިޔާވެފައި ވަނީ ގާނޫނީ ވަކީލް އަހުމަދު ޒަނީން އާދަމްއެވެ.

އެހެން ކަމުން ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 122 އަށް އަރާފައެވެ.

މި ފަހަކަށް އައިސް މި ބަލީގައި ރާއްޖެއިން ނިޔތާވާ މީހުންގެ އަދަދު މި ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައިވެސް އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން މި ބަލީގައި އަތޮޅު ތެރެއިން 67 ރަށެއް ވަނީ މޮނިޓަރިންއަށްވެސް ލާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ