ތ. ކިނބިދޫ | ފޮޓޯ: ސައުދު

ކިނބިދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ތ. ކިނބިދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މިއަދު ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން މީގެ ދުވަސްކޮޅެއް ކުރިން ފްލޫ ކްލިނިކަށް ދެއްކި ދެ މީހުނެވެ. އެއީ ސްކޫލުގެ ދަރިވަރަކާއި އެކުއްޖާގެ ދައްތައެވެ. ބަލީގެ އަލާމަތް ފެނިގެން މިމީހުން ފްލޫ ކްލިނިކަށް ދައްކާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

މިކޭސްތަކާއި ގުޅިގެން ކިނބިދޫ މިއަދުވަނީ މޮނިޓަރިންގއަށް ލާފައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަނެތި އެރަށަށް އަރާ ފޭބުމަކީ މިހާރު މަނާކަމެކެވެ.

މީގެކުރިންވެސް ކިނބިދޫއިންވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. ނަމަވެސް އެއީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ކިނބިދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މ.މުލަކުންވެސް ފްލޫ ކްލިނިކަށް ދެއްކި ޒުވާނަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.

ވެރިރަށް މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 70 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ