ކޮވިޑް-19 ގައި ކުރީގެ އޮޑީޓަރ ޖެނެރަލް އަވަހާރަވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާއިލް ފަޠުހީ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވަވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހަވީރު، 05:40 ގައެވެ.

އިސްމާޢިލް ފަޠުޙީ އަވަހާރަވިއިރު އުމުރުފުޅާކީ 80 އަހަރެވެ.

އިސްމާއިލް ފަތުހީ ވަނީ 1993 ވަނަ އަހަރުން 2008 ގެ ޖެނުއަރީ 16 ވަނަ ދުވަހާއި ހަމައަށް އޮޑިޓާ ޖެނެރަލްގެ މަޤާމް އަދާކުރައްވައިފައެވެ. އޭނާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ގެ ލަޤަބްވެސް ލިބިލައްވާފައެވެ.

އޭނާ ވަނީ 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ