ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19: އިރުއޮއްސުނު ފަހުން އިތުރު 3 ދިވެހިން ނިޔާވެއްޖެ

މިއަދު އިރުއޮއްސުނު ފަހުން ކޮވިޑް-19 ގައި ރާއްޖެއިން އިތުރު 3 ދިވެހިން ނިޔާވެއްޖެ އެވެ.

ކޮވިޑުގައި މިއަދު އިރުއޮއްސުނު ފަހުން އިތުރު ތިން ދިވެއްސަކު ނިޔާވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ ނިޔާވެފައިވާ ތިން މީހުންނަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ތިން މީހުންކަމަށެވެ.

އެގޮތުން މިރޭ ނިޔާވި ފުރަތަމަ މީހާ ނިޔާވެފައިވަނީ މިރޭ 06:40 ގައިއެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ދެވަނަ މީހަކު މިރޭ 07:53 ގައި ނިޔާވެފައިވާއިރު އެއީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ތިންވަނަ މީހާ ނިޔާވެފައިވަނީ މިރޭ 08:12 ގައެވެ. އޭނާއަކީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިތިން މަރާއެކު ކޮވިޑް-19 ގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 6 ކަށް އަރާފައިވާއިރު، މިބަލި ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 129 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 114 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިއަދު ނިޔާވި އަނެއް ތިން މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް17 ގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެގޮތުން މިއަދު ފުރަތަމަ ނިޔާވެފައިވަނީ އުުމުރުން 66 އަހަރުގެ ދިވެހި ފިރެހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމިންދިޔަ އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 08:07 ގައެވެ. އަދި އޭގެ ފަހުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 62 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ. މިއަދު ތިންވަނައަށް ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް17 ގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވީ މި މަހު އެވެ.

މިލިޔުން ކިޔާލުމުން
9
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ