އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ވެރިރަށް ނިއުދިއްލީގައި އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމަށް މަޝްވަރާކުރަން ފަށައިފިއެވެ.
އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގައި ކޮވިޑް ކޭސްތައްވަނީ މަދުވާން ފަށައިފައެވެ. މިގޮތުން ކޮވިޑް ކޭސްތައް އިތުރުނުވެ އޮވެއްޖެނަމަ އައްނަ ހަފްތާގައި ނިއުދިއްލީގައި އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭނެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވުވެގެން އިންޑިއާއިން މިއަދު ރިޕޯޓުކޮށްފައިވަނީ 240،842 ކޭސްއެވެ. މިއީ މަސްދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދު މިހާ މަދުވި ފުރަތަމަ ފަހަރެވެ. މިއަދު މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދަކީ 3،741 އެވެ.
ގިނަ ހަފްތާތަކެއް ވަންދެން އިންޑިއާއިންވަނީ ކޮވިޑް-19 އާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ. މި ހަނގުރާމައިގައި އިންޑިއާގެ މުޅި ސިއްހީ ނިޒާމުކަހަލަ ގޮތަކަށްވަނީ ކުޑަކަކޫ މައްޗަށް ތިރިކޮށްފައެވެ. އަދި ގައުމުން އޮކްސިޖަން ލިބުން ދަތިވެ ބޭރު ގައުމުތަކުގެ އެހީތެރިކަމަށްވެސް ބަރޯސާވާން ޖެހިފައި ވެއެވެ. މި ހަނގުރާމައިގައި އެންމެބޮޑު އަސަރެއްކުރެ އެއް ސިޓީއަކީ ނިއުދިއްލީއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ނިއުދިއްލީ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް 20 ވަނަ ދުވަހުއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ނިއުދިއްލީއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 1،600 މީހުންނެވެ.