ކޮވިޑްގައި މިއަދު ފަސްވަނަ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޮންޓްރޯލް ކުރެވުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 85 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 09:00 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ފަސްވަނަ މީހާއެވެ.

މީގެ އިތުރުން މިއަދު ހެނދުނު 06:55 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 93 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

ރޭ މެންދަމު 03:18 ހާއިރުވެސް މި ބަލީގައި ރާއްޖެއިން މީހަކު މަރުވެފައިވެއެވެ. ރޭ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހަމައެއާއުކު ފަތިހު 04:25 ގައިވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ އިތުރު މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ 58 އަހަރުގެ ދިވެހި ފިރެހެނެކެވެ.

އަދި ދަންވަރު 02:02 ގައިއައިޖީއެމްއެޗް ސްޕިޓަލްގެ އެމަޖެންސީއަށް ގެނައި 81 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވެސް ވަނީ ނިޔާވެފައެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 5 އަށް އަރާފައިވާއިރު، މުޅި ޖުމްލަ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 134 އަށް އަރާފައެވެ. އަދިވެސް މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ