ހުޅުމާލޭ އިމާރާތެއް މަތިން ވެއްޓުނު މީހާ، ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް ނެތް: ފުލުހުން

ހުޅުމާލޭ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި މީހާ، ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތް ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަ ބުރީގެ އިމާރާތަކުން ވެއްޓި އަނިޔާވެފައިވަނީ 21 އަހަރުގެ ދިވެހި ފިރެހެނަކަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ ވެއްޓި އަނިޔާވެފައިވާ މީހާ، ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތް ކަމަށް ތަހުގީގަށް އަދި މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށާއި ތަހުގީގުގައި މިހާތަނަށް ކުރެވުނުނު މަސައްކަތުން ހާދިސާ ހިނގުމުގެ 10 މިނެޓެއްހާއިރު ކުރިން ހަ ބުރީގެ އިމާރާތަކަށް އެކަނި ގޮސް ވަންނަ މަންޒަރު ސީސީޓީވީ އިން ފެނިފައިވާކަމަށެވެ.

"ތަހުގީގަށް ފާހަގަކުރެވޭ ގޮތުގައި، އޭނާ ވެއްޓިފައިވަނީ ހަ ބުރީގެ އިމާރާތުން ޖެހިގެން ހުރި ތިން ބުރީގެ އިމާރާތުގެ މަތިން ކަމަށް ބެލެވޭ." ފުލުހުން ވިދާޅުވިއެވެ.

އެ މިހާ ވެއްޓުނު އިމާރާތައް ވަނުމުގެ ކުރިން، ހުޅުމާލޭ މަގުތަކުގައި އަޑުގަދަކޮށް އެކިކޮޅުކޮޅަށް ދުވެ އުޅެފައިވާކަށް ސީސީޓީވީ އިން ފެނިފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސަންޕަދަރި

    ބޮއެގެން ހުރިވާހަކަ ބުނަން ލަދުންތަ ތިޔައުޅެނި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ