ފެންނަމުން ދަނީ މިއިން ޒަމާނެއްގައި ނުވެއްޓޭ ފުން ވަޅުގަނޑަކަށް ގައުމު ވެއްޓެމުންދާތަން: އުގައިލް

ފެންނަމުން ދަނީ މިއިން ޒަމާނެއްގައިވެސް ނުވެއްޓޭ ފުން ވަޅުގަނޑަކަށް ދިވެހި ރާއްޖެ ވެއްޓެމުންދާތަން ކަމަށާއި މިއީ ހުރިހާ ދިވެހި ރައްޔިތުން އަތުގުޅައިގެން މަސައްކަތް ކުރަން ފަށަންވީ ވަގުތު ކަމުގައި ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާހުން މަތިވެފައިވާއިރު، މި ބަލީގެ ނުރައްކާ އަތޮޅު ތެރެއަށްވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައިއެވެ. އަދި ކޮވިޑް-19 ގައި އަތޮޅު ތެރެއިން 75 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މި ބަލީގެ ނުރައްކާ އިންތިޚާއަށް ބޮޑު ވެފައިވާއިރު، ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ. ނަމަވެސް ބަލި ފެތުރެމުން އަންނަ ހަލުވި މިނާއި، ބަލީގައި މަރުވާ މީހުންގެ ނިސްބަތަށްބަލައި އެދެވޭ ފިޔަވަޅު ތަކެއް ނާޅާކަމުގައި ގިނަ ބަޔަކު ބުނެ އެކަމުގެ ޒިންމާ ސަރުކާރުން އުފުލަންޖެހޭކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޕޮރޮފެސަރ އުގައިލް ވިދާޅުވެފައި މިއިން ޒަމާނެއްގައި ވެސް ދިވެހި ގައުމު ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ވެއްޓެމުންދާތަން ފެންނަ ކަމަށާއި މިއީ އެންމެން އެކުއެކީ އަތުގުޅައިގެން އިހްލާސްތެރިކަމާއި އެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތު ކަމަށެވެ.

މި ބައްޔަށް މިހާތަނަށް ރާއްޖެއިން 55،924 މީހުން ޕޮޒިޓިވް ވެފައިވާއިރު، 134 މީހަކު މިވަނީ މި ބަލީގައި ނިޔާވެފައެވެ.

މީގެ އިތުރުން އެކްޓިވް ކޭސްގެ އަދަދު 23،464 އަށްވުރެ މަތިވެފައިވާއިރު، ހޮސްޕިޓަލުގައި 290 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓާތަކުގެ އެނދުތައް ފުރެމުން އަންނަ އިރު، ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދަށްވާން ފަށާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ