ކޮވިޑް-19 ގައި އެމްޕީ އިކްރާމްގެ މަންމަ ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ މަންމަ ނިޔާވެއްޖެއެވެ.

އިކްރާމްގެ މަންމަ ނިޔާވެފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ނިޔަވި އިރު އުމުރަކީ 80 އަހަރެވެ.

ކޮވިޑް-19 ގައި މިއަދު 08 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މި ވަނީ 137 މީހަކު ނިޔާވެފައެވެ.

ނުރައްކާތެރި ކޮވިޑް-19 ދިވެހިރާއްޖޭގައި މިހާރުވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

މި ބަލީގައި ނިޔާވާ މީހުންގެ އަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި ބަލީގައި މިހާރު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަނީ ނިޔާވަމުންނެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށެއްގައިވެސް މި ބަލީ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެެއް އަޅާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ