ޕިކަޕެއް ކޮންޓްރޯލް ނުވެގޮސް ބަހެއްގަ ޖެހި އެކްސިޑެންޓްވެއްޖެ

ހުޅުލެ-މާލެ ހައިވޭގައި ދުއްވާފައިދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ބަހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ މެންދަމު 02:14 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދުއްވާފައިދިޔަ ޕިކަޕެއްގެ ކުރީ ދެފުރޮޅު ފަޅައިގެން ގޮސް ކޮންޓްރޯލް ނުވެގެން ކަމަށްވެ.

ކޮންޓްރޯލުން ނެއްޓުނު ބަސް ހައިވޭގެ މެދުގައި ޖަހާފައިހުރި ފެންސް ފަޅާލާފައިގޮސް މަގުގެ އަނެއް ލޭނުން ދަތުރުކުރި ބަހެއްގައި ޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގިއިރު ޕިކްޕް ދުއްވަން އިން މީހަކީ ލައިސެންސް އޮންނަ މީހެއް ކަމަށާއި، އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް މާލެ ސަރަހައްދުގައި އެކްސިޑެންޓްވާ މިންވަރު އިތުރުވެފައިވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް