އަސްރާ އެދެނީ މައްސަލަ ނުބަލަން، ނަމަވެސް ފުލުހުން ތަޙުޤީޤު ހުއްޓާ ނުލާނެ!

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއާ ދެކޮޅަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ނަޞީމް އެދިވަޑައިގެންފައި އޮތަސް ތަޙުޤީޤު ހުއްޓާނުލާ ކުރިއަށްދާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މަހުގެ 18 ވަނަ ދުވަހު، އަަސްރާ ނަސީމް އަށް، އީސަ ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ދެމީހުންގެ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ވަނީ ބުނެފައިވެއެވެ.

އަދި ލިބުނު އަނިޔާތަކާ ގުޅިގެން އަސްރާއަށް އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައި ވެއެވެ.

މިމައްސަލައާއި ގުޅިގެން އަސްރާވަނީ ފުލުހުންނަށް ބަޔާނެއްވެސް ދީފައެވެ. ނަމަވެސް މިމައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށްބުނެ އަސްރާވަނީ ފުލުހުންގެ އިދާރާއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. އެކަން ފުލުހުން ވަނީ ޔަގީންކޮށްދީފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގު ވަކި މީހެއްގެ އެދިގެން ހުއްޓާނުލާނެ ކަމަށެވެ.

ގެވެށި އަނިޔާއާ ގުޅިގެން ފޭސްބުކްގައި ލިއުއްވި ޕޯސްޓެއްގައި އަސްރާ ވިދާޅުވީ އެއީ، ދުވަހަކު ވެސް ކުރިމަތިވެދާނެ ކަަމަށް ހީކުރެއްވި ތަޖުރިބާތަކެއް ނޫން ކަމަށާއި، އެ ހާދިސާ އިން އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މިމައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ، އީސަގެ އަނބިކަނބަލުން އަސްރާ ނަސީމުގެ އަވަށްޓެރިއެކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ