ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 1،417 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 5،581 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 1،097 މީހުން، އަތޮޅުތެރޭ ރައްތަކުން 303 މީހުން، އަދި ރިސޯޓުތަކުން 17 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/WJAZFhtS6Y
— Health Protection Agency (@HPA_MV) May 24, 2021
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 57،341 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 33،136 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،057 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 282 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ. މިއަދުގެ މިހާތަނަށް މިބަލީގައި 10 މީހުން ނިޔާވެފައި ވެއެވެ.



