ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި 11 ވަނައަށް މިއަދު ނިޔާވެފައިވަނީ އައްޑޫ ކޮވިޑް މެޑިކަލް ފެސިލިޓީއިން ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނެކެވެ. މިމީހާ ނިޔާވެފައިވަނީ މިރޭ 10:20 ގައެވެ.
ކޮވިޑް-19އަށް ފަރުވާދެމުންދަނިކޮށް މިއަދު 11 މީހުން ނިޔާވެފައިވާއިރު މިއީ މިބަލީގައި މިހާތަނަށް އެއްދުވަހުގެ ތެރޭ މިހާ ގިނައަދަދެއްގެ މީހުން ނިޔާވި ފުރަތަމަ ދުވަހެވެ. މިއަދު މިބަލީގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 9 މީހަކާއި ޅ.ހިންނަވަރު ސިއްޙީ މަރުކަޒްގައި ފަރުވާދެމުންދިޔަ މީހެކެވެ.
Today at 22:20 an 83-year-old Maldivian male admitted at #Addu Covid Facility has passed away.
This is the 1st #COVID19 death in #AdduCity.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Addu City Council (@AdduCityCouncil) May 24, 2021
ކޮވިޑް-19 ޖެހިގެން މިހާތަނަށް 140 މީހަކު ރާއްޖެއިން ނިޔާވެފައވާއިރު މީގެތެރޭގައި ހިމެނެނީ 124 ދިވެހިންނާއި 16 ބިދޭސީންނެވެ.




