ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ފެނާއި ކަރަންޓް ބިލުން ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލުވައި ދިނުމުގެ ގޮތުން ފެނާއި ކަރަންޓް ބިލުން ބޮޑު ޑިސްކައުންޓެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

މިގޮތުން، މުޅި ރާއްޖޭގެ ފެންބިލުން ހުރިހާ ގެއަކަށްވެސް 30 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށާއި، ވިޔަފާރިކުރާ ތަންތަނުގެ ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށާއި، އަދި ގޭބީސީތަކުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ހުރިހާ ކަމެއްވެސް މިކުރަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނެ." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކޮވިޑްގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް "ސޮފްޓް ލޯނުތަކެއް" ދިނުމަށް ވަރަށް އަވަހަށް ފައްޓާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ