ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާކަމަށާއި ރާއްޖޭގައި މިހާތަނަށް މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 145 އަށް އަރާފައިވާކަމަށެވެ.

މިއަދު 10:20 ގައި ކޮވިޑް-19ގައި ނިޔާވެފައި ވަނީ އައްޑޫ މެޑިކަލް ފެސިލިޓީގައި ގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިރެހެނެކެވެ. މިއީ އައްޑޫއިން ކޮވިޑް-19 ގައި ނިޔާވި ދެވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލެއްނެތި އިތުރުވަމުންދާތީވެ، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން މާދަމައިން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވިރު 04:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑި ތަކުގައި ބޭރުގައި އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހަކާއެކުއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ