ހާލު ދެރަވެގެން 58 އަހަރުގެ އަންހެނަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓްގައި މާލެ ގެނެސްދީފިއެވެ.
މިއީ ނ. ވެލިދޫ ހެލްތް ސެންޓަރގައި ފަރުވާދެމުން ދިޔަ އަންހެނެކެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ އަންހެންމީހާ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑްގެ ދަށުން ޑޯނިއާ ފްލައިޓްގައި މާލެ ގެނެސްފައިވަނީ މިއަދު 09:41 ގައި ކަމަށެވެ.
މި މީހާ މާލެ ގެނެސްފައިވަނީ، ކޮން ކަމަކަށް ފަރުވާ ދިނުމަށް ކަމެއް އެމްއެންޑީއެފް އިން ހާމައެއްނުކުރެއެވެ.
A medical evacuation of a 58-year-old female in critical condition has been carried out from N.Velidhoo Health Center to Male' City by MNDF Northern Area Command via MNDF Donier Flight today at 09:14hrs pic.twitter.com/fu5AIwepk2
— Maldives National Defence Force (@MNDF_Official) May 26, 2021




