ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19: މިއަދުގެ 2 ވަނަ މަރު، އަދަދު 146 އަށް!

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި މިއަދު 2 ވަނަ މީހަކު މަރުވެފައިވާއިރު ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 146 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 61 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު 02:35 ގައި ނިޔާވެފައިވާކަމަށެވެ.

މީގެ އިތުރުން އައްޑޫ މެޑިކަލް ފެސިލިޓީގައި ގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ހެނދުނު ނިޔާވެފައި ވެއެވެ.

ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލެއްނެތި އިތުރުވަމުންދާތީވެ، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން މާދަމައިން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވިރު 04:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑި ތަކުގައި ބޭރުގައި އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހަކާއެކުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ