ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާ ކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އެހީތެރިޔާ ޖަހައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށާއި، އަދި އެމައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށައެޅިފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީންކަމަށާއި، އަދި މި މައްސަލައާއި ގުޅިގެން 31 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބަލި މީހާއަށް އޭނާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
A 31-year-old Bangladeshi male has been arrested in allegation of assaulting a patient in Hulhumale Medical Facility. The accused was acting as a family appointed caretaker for the patient.
1/2— Maldives Police (@PoliceMv) May 26, 2021
މި ވީޑިއޯ ދަޢުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ އެ ބިދޭސީ މީހާ ހައްޔަރުކޮށް އަބަދު ދިނުމަށް ގޮވާލައިފައެވެ.
މި ވީޑިއޯ އިން ފެންނަނީ އެޑްމިޓް ކޮށްފައި އޮތް އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއްގެ ގައިގައި އެނާގެ އެހީތެރިޔާގެ ގޮތުގައި އެތަނުގައި ހުރި ޒުވާން ފިރިހެނަކު އެއް އަތް ހިފެހެއްޓުމަށްފަހު ވަރަށް ބާރަށް ޖަހާ މަންޒަރެވެ. އޭނާގެ ގައިގައި ޖެހުމާއެކު ބަލި މީހާ ވަރަށް ބާރަށް ރޯންފަށައެވެ. އަދި ބަލި މީހާ ދެ އަތް މައްޗަށް ނަގާ ތަޅުވާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.
އޭގެ ފަހުން ދެން ފެންނަނީ އެހީތެރިޔާގެ ގޮތުގައި ހުރި މީހާ އެތާކައިރީ ހުރި ވީލްޗެއަރ އެއް ކައިރިޔަށް ގޮސް އަނެއްކާ ބަލި މީހާއާއި ދިމާލަށް އިނގިލި ދިއްކޮށް އޭނާގެ ގާތަށް ގޮސް ކޮންމެވެސް އެއްޗެއް ކިޔާ މަންޒަރެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ބަލި މީހާ ގެ އެހީތެރިޔާގެ ގޮތުގައި އެތާހުރި މީހާއެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ކޮވިޑް ފެސިލިޓީއެވެ. އެންމެ ގިނަ ކޮވިޑް ބަލި މީހުން ތިބީވެސް އެތާގައެވެ.





ހިޔާލު
ދުވަސްވީމީހެއް ނޫން . ނުކުޅެދުންތެފިކަން ހުންނަ މީހެއް