ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މުވައްޒަފުންނާމެދު ކަންތައް ކުރާގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރްސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް، 2021 މެއި 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކުރުމަށްފަހު ނެރުނު ނޫސްބަޔާނެއްގައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން ފެސިލިޓީގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން މި ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން މަޢުލޫމާތު ދީފައިވާ ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ. އަދި އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިން ތަނުގައި ތިބުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަންވެސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.
އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ވޯޑުތަކުން ބަލިމީހާގެމަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަމަށާއި ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން
ފޯރުކޮށްނުދެވޭކަމަށާއި އަދި ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަަން ހިމެނެއެވެ. އަދި މި މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއްވެސް މި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
އެޗްއާރްސީއެމް އިން ވިދާޅުވީ މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށާއި ކޮމިޝަނުން ދަނީ ގައުމުގައި ދިމާވާ މިފަދަ ހައްސާސީ މައްސަލަތައް ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި އާންމުންނާ ގުޅުންހުރި މިފަދަ މަޢުލޫމާތުތައް ހޯދާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ލިބެން ޖެހޭ ހައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮމިޝަންގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.




ހިޔާލު
ކޮލަރާގެ ދުވަސްވަރު ދެތިން ފިބާއަކާއި ޕިން ފޮށްޓަކާއި ވޯކީޓޯކީ އަކާއި ރޭޑިޔޯ ސެޓަކާ ހިފައިގެން އިނދެ މަރުޙޫމު ސައިކުރާ ނަޢީމު ކުރިވަރު މިތަޢުލީމީ ޓެކުނޮލޮޖީގެ ދުވަހު ނުކުރެވުނު.އެދުވަހު ވަޅު ތަކަށް ބޭސް އަޅާ ބަލިމީހުންނަށް ބޭސްދީ ޖޫސް ދެންޏާ ޖޫސްދީ ގަޑިން ގަޑިއަށް ބަރާބަރަށް ރައީސަށް ރިޕޯޓު ދެވުނު. ނައީމު އަތުގަ އެއްޑިގުރީއެއްނެތް