ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ކަށަވަރުކޮށްދީފައިވާއިރު ބުނީ ނައިބު ރައީސް މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެންކަމަށާއި އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ.

ނައިބު ރައީސް ޕޮޒިޓިވްވިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒުވެސް ޓުވީޓް ކުރައްވާފައެވެ. އަދި މި ޓްވީޓުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

ނައިބު ރައީސް ފައިސަލް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ.

ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލެއްނެތި އިތުރުވަމުންދާތީވެ، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން މިއަދުން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވިރު 04:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑި ތަކުގައި ބޭރުގައި އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހަކާއެކުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ