ދިވެހިރާއްޖޭގައި މި އަހަރު 10 އަހަރުން ދަށުގެ 5،131 ކުޑަކުއްޖަކު ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރައްވައިފިއެވެ.
ރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ.
އެޗްޕީއޭއިން މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގައި 2021 ވަނަ އަހަރު ޖެނުއަރީ އިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެހެން ކަމުން މި ބަލިން ކުޑަކުދިން ރައްކާތެރި ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ ބޭރަށް ނުކުމެ އުޅުން މަދުކުރުމުން ކޮވިޑް-19 އަށް ހުށަހެޅޭ މިންވަރު ކުޑަވެ، ދަރީންނަށް ރައްކާތެރިކަން އިތުރުވާކަމަށެވެ.
ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފަސްދޮޅަސް ހާހަށް ކައިރިވެފައިވާއިރު، ބަލީގެ ކުރައްވަނީ ކުރިޔަށް ވުރެ ބޮޑުވެފައެވެ.
އެގޮތުން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި 24،867 މީހުން އެބަތިއްބެވެ.
މި ބަލީގައި މަރުވި މީހުންގެ އަދަދު 150 އަށް އަރާފައިވާއިރު، 285 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށެއްގައިވެސް މި ބަލީ ވަނީ ވަރަށް ބޮޑަށް ފޮތުރިފައެވެ.



