30 މޭ 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖައްސައިފިއެވެ.
އެގޮތުން ބީއެމްއެލްއިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް މި ސެންޓަރ ހުޅުވާނެކަމަށެވެ.
އަދި ބުނީ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށްކަމަށާއި، މިގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕަރމިޓް އޮންނަ ކަސްޓަމަރުންނަށްކަމަށެވެ.
We will continue to provide card collection services at our Customer Service Centre from 30th May 2021.
View more details: https://t.co/xoGr0jetbp pic.twitter.com/wRzyNuBMu7
— Bank of Maldives (@bankofmaldives) May 27, 2021
މީގެއިތުރަށް ބުނީ ކާޑު ނެގުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނައިރު، މާސްކު އަޅައި، ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަށް އެދޭކަމަށެވެ. އަދި ބޭންކަން އަންނައިރު އަމިއްލަ ގަލަން ގެނައުމަށް އެދިފައިވާއިރު، ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ރަނގަޅަށް ސާފުކުރުމަށްވެސް ބޭންކުންވަނީ އެދިފައެވެ.
އަދި ބުނީ ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެންގެވުމަށް ބޭންކަށް ވަޑައިގަންނަވަން ނުޖެހޭނެކަމަށާއި، މި ގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް އެކަން އެންގުމުން ކާޑު ހަވާލުކުރެވިގެންދާނެކަމަށެވެ.
								
											

