ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ، މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ. ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމްނިއުސް

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ގއ. ވިލިނގިލީ ގައި ހުންނަ ގއ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މިރޭ ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ގއ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދަނިކުށް މިރޭ 8:30 ގައި ނިޔާވެފައިވަނީ އުމުރުން 68 އަހަރުގެ ފިރެހެނެއް ކަމަށެވެ.

މިއީ މިއަދު މިބަލީގައި ނިޔާވި ތިންވަނަ މީހާއެވެ. އެންމެ ފުރަތަމަ މީހާ މިއަދު ނިޔާވެފައިވަނީ ރޭ ދަންވަރު 2:41 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. އަދި ދެވަނަ މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:55 ގައި އައިޖީއެމްއެޗް ގައެވެ.

ކޮވިޑް-19 އަށް މުޅި ރާއްޖެއިން މިހާތަނަށް 60،943 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 151 އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ