ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާކަމަށާއި ރާއްޖޭގައި މިހާތަނަށް މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 154 އަށް އަރާފައިވާކަމަށެވެ.

މިއަދު މެންދުރު 10:53 ގައި ކޮވިޑް-19ގައި ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެޑްމިޓްކޮށްފަރުވާ ދެމުން އައި އުމުރުން 69 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން ކޮވިޑް-19ގައި މިއަދުވެސް މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 60،943 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 35،365 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 25،419 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 270 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ