ލަމް އިނީ އަލަތު ދަރިފުޅަށް ބަލިވެ!

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ނުވަތަ އާންމު ނަމުން ނަމަ ލަމް އާއި އޭނާގެ ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ) އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

ލަމް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އޭނާ ހާމަކުރީ އިންސްޓަގްރަމްގައި ހިއްސާކުރި އޭނަގެ ބަނޑުބޮޑު ފޮޓޯއަކާއެކުއެވެ. މި ފޮޓޯ ހިއްސާކުރަމުން ލަމް ބުނީ، އޭނަ އާއި ކުޑަ މުއާއަށް ދަރިއަކު ލިބެންއުޅޭކަން އިއުލާންކުރާކަމަށެވެ. އަދި ކުޑަ ދަރިފުޅު އުފަންނުވާއިރުވެސް، ދަރިފުޅުގެ ސަބަބުން އާއިލާއަށް އުފާވެރިކަން ގެނެސްދީފައިވާކަމަށެވެ.

މީގެ އިތުރުން ލަމް ބުނީ، ފަހަކަށް އައިސް އެހާ އެކްޓިވްކޮށް މީސްމީޑީއާގައި އެނާ ނުފެނުނު ސަބަބަކީ އެއީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާގައި އޭނަގެ މި އުފާވެރި ދަތުރުގެ ކަންކަން ފޭނުންނާއި ހިއްސާކުރާނެ ކަމަށް ލަމް ލިޔެފައިވެއެވެ.

ލަމް އާއި ކުޑަ މުއާ ޒަވާޖީ ހަޔާތެއް ފަށައިފައިވަނީ، 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ދެމަފިރިންގެ ގުޅުން ވަރަށް އުފާވެރިކޮށް ކުރިއަށްދާއިރު، މި ދެމީހުން އަބަދުވެސް އެކުގައި ވަގުތު ހޭދަކުރެވޭތޯ ބަލައެވެ.

ލަމް އާއި ކުޑަ މުއާއަކީ ޓްރެވެލް ކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ދެމީހުންކަން ހާމަކޮށްފައިވާއިރު، މި ދެމަފިރިން ވަނީ އެކުގައި އެކި ގައުމުތަަކަށް ދަތުރުކޮށްފައެވެ.

ލަމް އަކީ ލަވަކިޔުމުގެ އިތުރުން، ހޯސްޓު ކުރުން، އަދި އެކްޓިންގެ ދާއިރާއިންވެސް މިހާރު ފެންނަ ފަރާތެކެވެ. އެގޮތުން މިދިޔަ ރޯދަމަހު "ލަމްސް ކިޗަން" ގެ ނަމުގައި މީޑިއާނެޓް އިން ގެނެސްދިން ކައްކާ ޝޯގެ މަސައްކަތް ވަރަށް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
633632
ގުޅުންހުރި ލިޔުންތައް

5 Responses

  1. ޢެޕިސޯޑު 1

    ދެން ތިއޮތީ އާ ކުކުޅަކަށް ގާ ބިހެއް އެޅިފަ . ޢިސްތިހާރު ކުރަމުން ދުވޭ .

    3
    1
  2. އަހަންމަ

    ދެންވީހާވެސް ބޮޑަށް އޮރިޔާން ފެންނާނެހެން ފޮޓޯނަގާ.. އެހެންނޫނިއްޔާ ބަލިވެއިންކަމަކަށް ނުވާނެ.. ހެއްދެވިފަރާތަށް ޝުކުރުކޮށްބަލަ..

    10
    1
  3. Me

    Heyo visnun Visneyne dhuvaheh minvaru kuravvaashi

    6
    2
  4. ޗަބޭ

    އަސްލުތަ ކާކައްތަ ބލިވެއިނީ

    3
    2
    • މިދެން ކޮންމެވެސް އަންހެނެއް

      ތިދެން ބުނަން ހެޔޮވާވަރު ވާހަކައެއްތަ އަޖައިބުވެއްޖައިން ތިޔަ ފަރާތުގެ ދަރިން ތިބިނަމަ މީހަކު ކާކުގެ ދަރިންނެއްހޭ އަހާފިނަމަ ދޭނެ ޖަވާބަކީ ކޮބާ … ލަމްހާއަކީ މީހަކާ އިނދެގެން އުޅޭ އަންހެނެކޭ ވިސްނިބަލަ އާރޓިކަލް ކިޔާލިންތަ

      3
      1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ