މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ނުވަތަ އާންމު ނަމުން ނަމަ ލަމް އާއި އޭނާގެ ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ)އަށް ދަރިއަކު ލިބިއްޖެއެވެ.
ލަމް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އޭނާ ހާމަކުރީ މިދިޔަ މެއި މަހުގެ ފަހުކޮޅު އިންސްޓަގްރަމްގައި ހިއްސާކުރި އޭނަގެ ބަނޑުބޮޑު ފޮޓޯއަކާއެކުއެވެ. އަދި ލަމް މީގެ ފަސްވަރަކަށް ދުވަސްކުރިން އިންސްޓަގްރަމްގައި ހިއްސާކުރި ފޮޓޮއެއްގައި ދަރިފުޅު ވިހަން ގާތްވެއްޖެކަން ވަނީ ހާމަކޮށްފައެވެ.
ލަމް މި ޕޯސްޓުގައި ބުނީ، ގުނަމުން މިދަނީ މާބަނޑު ހަޔާތުގެ އެންމެ ފަހު ދުވަސްތައް ކަމަށާއި، ލިބެން އުޅެނީ ކޮން ޖިންސެއްގެ ކުއްޖެއްކަން ބެލުމަށް ކެތްމަދުވެފައިވާކަމަށެވެ.
ލަމް ވިހައިފައިވާ ކަން ހާމަވެގެންދިޔައީ، ރޭ އޭނަގެ ރައްޓެހިންނާއި އާއިލާ މީހުން އޭނައަށް މަރުހަބާގެ މެސެޖުތައް ފޮނުވުމުންނެވެ. އަދި އިންސްޓަގްރަމް މެދުވެރިކޮށް ފޮނުވި މި މަރުހަބާގެ މެސެޖުތައް ލަމް ވަނީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި ހިއްސާކޮށްފައެވެ.
ލަމް އާއި ކުޑަ މުއާއަށް ލިބިފައިވަނީ ކޮން ކަހަލަ ކުއްޖެކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ލަމް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އޭނާ ހާމަކުރި ހިސާބުން ލަމް އާއި އޭނަގެ މާބަނޑު ހަޔާތުގެ ދުވަސްތައް އިންސްޓަގްރަމްގައި ހިއްސާކުރަމުންނެވެ. އެންމެ ފުރަތަމަ ބަލިވެއިންކަން އިއުލާންކުރި އިރު ލަމް ބުނީ، އަލަތު ދަރިފުޅު ލިބެން އުޅޭތީވެ މުޅި އާއިލާއަށް އުފާވެރިކަން ގެނެސްދީފައިވާކަމަށެވެ.
ލަމް އާއި ކުޑަ މުއާ ޒަވާޖީ ހަޔާތެއް ފަށައިފައިވަނީ، 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ދެމަފިރިންގެ ގުޅުން ވަރަށް އުފާވެރިކޮށް ކުރިއަށްދާއިރު، މި ދެމީހުން އަބަދުވެސް އެކުގައި ވަގުތު ހޭދަކުރެވޭތޯ ބަލައެވެ.
ލަމް އާއި ކުޑަ މުއާއަކީ ޓްރެވެލް ކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ދެމީހުންކަން ހާމަކޮށްފައިވާއިރު، މި ދެމަފިރިން ވަނީ އެކުގައި އެކި ގައުމުތަަކަށް ދަތުރުކޮށްފައެވެ. ލަމް ބަނޑުބޮޑުވުމަށްފަހުވެސް މި ދެމަފިރިން ވަނީ ދުބާއީއަށް ދަތުރުކޮށްފައެވެ.
ލަމް އަކީ ލަވަކިޔުމުގެ އިތުރުން، ހޯސްޓު ކުރުން، އަދި އެކްޓިންގެ ދާއިރާއިންވެސް މިހާރު ފެންނަ ފަރާތެކެވެ. އެގޮތުން މިދިޔަ ރޯދަމަހު "ލަމްސް ކިޗަން" ގެ ނަމުގައި މީޑިއާނެޓް އިން ގެނެސްދިން ކައްކާ ޝޯގެ މަސައްކަތް ވަރަށް ފާހަގަކޮށްލެވެއެވެ.
"ފެށުން" ޓީމުގެ ފަރާތުން ލަމް އާއި ކުޑަ މުއާއަށް މަރުހަބާ ކިޔާ، ފާގަތި މުސްތަޤުބަލަކަށް އެދެމެވެ.





2 Responses
ޕިސް ޕިސް !! މިވެސް ދެން ހަބަރެށްތަ؟
ފިރިހެން ކުއްޖެއް