ފޮޓޯ: ލަމްހާ ލަތީފް

ދަރިފުޅުގެ ނަމަށް ޖޯކު ޖެހި މީހުންނަށް، ލަމްގެ ވަރުގަދަ ރައްދެއް!

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ނުވަތަ އާންމު ނަމުން ނަމަ ލަމް އާއި އޭނާގެ ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ)ގެ އަލަތު ދަރިފުޅަށް ކީ ނަމަށް، ދިވެހިން ޖޯކު ޖެހުމުން، ލަމްގެ ވަރުގަދަ ރައްދެއް އެމީހުންނަށް ދީފިއެވެ.

ލަމް އާއި ކުޑަ މުއާ އަށް ފިރިހެން ކުއްޖަކު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަލަތު ދަރިފުޅަށް ކީ ނަން މިދެމަފިރިން ހާމަކުރީ މީގެ ދެ ދުވަސްކުރިން ލަމްގެ އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

ލަމް އާއި ކުޑަ މުއާގެ އަލަތު ދަރިފުޅަށް ކިޔައިފައި ނަމަކީ "މުލާ"އެވެ. ލަމް މި ނަމަކީ އޭނައަށް ލިބޭ އަލަތު ދަރިފުޅަށް ކިޔަން މީގެ ހަތަރުވަރަކަށް އަހަރުކުރިންވެސް އެ ދެމަފިރިން ނިންމައިފައިވާ ނަމެއް ކަމަށެވެ. އަދި އާއިލާއެއް ފަށަން ވިސްނި ހިސާބުން ފެށިގެން، އަލަތު ދަރިފުޅަށް ކިޔަން ބޭނުންވި ނަމަކީ އެއީ ކަމަށް ލަމް ބުންޏެވެ. އަދި އަބަދުވެސް ބޭނުންވީ ދަރިފުޅުގެ ނަންވެސް އެދެމީހުންގެ ނަމާއި ގުޅުވައިގެން ކިޔަންކަމަށާއި، އެގޮތުން ނަން ދީފައިވަނީ ކުޑަ މުއާ އާއި ލަމްގެ ނަން އިނގިރޭސިން ލިޔުމުން އިންނަ ގޮތަށް، ދެ ނަމުގެ ފުރަތަމަ ދެ އަކުރު ހިމަނައިގެން ކަމަށް ލަމް ފާހަގަކުރިއެވެ.

އަބަދުވެސް މީސްމީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ލަމްގެ ހަބަރުތައް ނޫސްތަކުގެ ސުރުހީތަކުން ޖާގަހޯދާއިރު، ލަމްގެ އަލަތު ދަރިފުޅުގެ ނަން ހާމަކުރި ހިސާބުން، އެ ހަބަރުވެސް ނޫސްތަކަށް އެރިއެވެ. ނަމަވެސް ލަމްގެ ދަރިފުޅަށް ކީ ނަމުގެ ސަބަބުން ނުވިސްނޭ ގިނަ ދިވެހިންތަކެއް ވަނީ އެކަމަށް ޖޯކު ޖަހައިފައެވެ. އެގޮތުން މީސްމީޑިއާގައި ބައެއް ދިވެހިން ވަނީ އެކަމަށް ޖޯކު ޖަހާ، ވަރަށް ބޭ އަދަބީ ބަސްތަކުން ލަމްގެ ދަރިފުޅުގެ ނަމަށް މަލާމާތްކޮށްފައެވެ. އޭގެ ތެރޭގައި ގިނައީވެސް އަންހެނުންނެވެ.

އެއާއެކު ލަމް މިވަނީ އެމީހުންނަށް ވަރުގަދަ ރައްދެއް ދީ އިންސްޓަގްރަމްގައި ޕޯސްޓެއް ޖަހައިފައެވެ. ލަމްގެ އިންސްޓަގްރަމް ސްޓޯރީގައި ހިއްސާކުރި މި ޕޯސްޓުގައި ބުނީ، މީގެ ކުރިން ލަމްއާއި ގުޅިގެން ނޫސްތަކުން ޖަހާ އާޓިކަލްތަކަށް މީހުން ކުރާ ނެގެޓިވް ކޮމެންޓްތަކަށް ރައްދުދީ ނުހަދާކަމަށެވެ. އަދި އަފަދަ މީހުންގެ ވާހަކަތަކަށް ދެނީ ބީރު ކަންފަތެއް ކަމަށެވެ.

 

ނަމަވެސް މިއަދު އަލަތު މައެއްގެ ހައިސިއްޔަތުން އޭނަގެ ދަރިފުޅާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރާ ޕޯސްޓްތަކަކީ މަޔަކަށްވުމުން އަމިއްލަ ވާ އުފަލާއި ހިތްހަމަޖެހުން ހިއްސާކުރަން ބޭނުންވާ މީހުންނަށް ކުރާ ޕޯސްޓްތަކެއް ކަމަށް ލަމް ބުންޏެވެ. އަދި އެފަދަ ޕޯސްޓްތައް ކުރަނީ ކޮންމެހެން ނޫސްތަކުގައި އެ ހަބަރުތައް ޖެހުމުގެ ބޭނުމުގައި ނޫންކަމަށް ލަމް ބުންޏެވެ.

އެގޮތުން އޭނަ އާއި ގުޅިގެން ގެނެސްދޭ ހަބަރުތަކަށް މީހުން ފާޑުކިޔާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، ނަމަވެސް ލަމްގެ ދަރިފުޅާއި ގުޅޭ ގޮތުން މީހުން އެފަދަ ގޮތަކަށް ކޮމެންޓް ކުރުމަށް ނޭދޭ ކަމަށް ލަމް ބުންޏެވެ.

ލަމް ބުނީ، އޭނަގެ ދިރިއުޅުމުގެ ކަންކަން ބަލަން ބޭނުން ނުވާ މީހުން އަދި ދަރިފުޅާއި ގުޅިގެން ގޯސްކޮށް ބަސް ބުނަން ބޭނުންވާ މީހުން، އޭނައަށް ފޮލޯ ނުކުރުމަށާއި، އަދި އޭނައާއި ގުޅޭ އާޓިކަލް ތައް ކިޔާ، ކޮމެންޓް ނުކުރުމުގެ އިހްތިޔާރު އެފަދަ މީހުންނަށް އެބައޮތް ކަމަށެވެ. އަދި ދަރިފުޅާއި ގުޅިގެން އެފަދަ ގޮތަކަށް މުއާމަލާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ލަމް ބުންޏެވެ.

65000 ވުރެ ގިނަ މީހުން އިންސްޓަގްރަމްގައި ލަމް އަށް ފޮލޯ ކުރާއިރު، ލަމްއަކީ އިންސްޓްގަރަމްގައި އަބަދުވެސް އޭނަގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރާ ފަންނާނެކެެވެ.

ލަމް އާއި ކުޑަ މުއާ ޒަވާޖީ ހަޔާތެއް ފަށައިފައިވަނީ، 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ދެމަފިރިންގެ ގުޅުން ވަރަށް އުފާވެރިކޮށް ކުރިއަށްދާއިރު، މި ދެމީހުން އަބަދުވެސް އެކުގައި ވަގުތު ހޭދަކުރެވޭތޯ ބަލައެވެ.

ލަމް އާއި ކުޑަ މުއާއަކީ ޓްރެވެލް ކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ދެމީހުންކަން ހާމަކޮށްފައިވާއިރު، މި ދެމަފިރިން ވަނީ އެކުގައި އެކި ގައުމުތަަކަށް ދަތުރުކޮށްފައެވެ. ލަމް ބަނޑުބޮޑުވުމަށްފަހުވެސް މި ދެމަފިރިން ވަނީ ދުބާއީއަށް ދަތުރުކޮށްފައެވެ. އަދި މިފަދަ ދަތުރުތަކުގެ ފޮޓޯ އަބަދުވެސް އިންސްޓަގްރަމްގައި ލަމް ހިއްސާކުރެއެވެ.

މިލިޔުން ކިޔާލުމުން
5519195301
ގުޅުންހުރި ލިޔުންތައް

16 Responses

  1. މީމަ

    ބަލަ މިތިބަ ގަމާރުންނޭ!!! ނަމަކީ އިސްލާމްވެ ކާފަރުވާއެއްޔެއްނޫން!! އިސްލާމްވެ ކާފަރުވަނީ އިންސާނާ އޭނާގެނަމެއްނޫން!! ނަން ދޭއިރު ސަމާތުވާންޖެހޭކަމަކީ އެކުއްޖެއްގެ މައިންބަފައިން އެންގޭފަދަ ނަމެއް ދިނުން!!! މިމީހުނަގެ ގަމާރުކަމާއެވެ!!!!

    6
    8
  2. މީހެއް

    ކޮންކަމެއްތަ ފޮޑިއެެެއް ޖެހޭއިރަށް ސޯޝަލް މީޑިއާގަ ލިޔަނީ. މީހުންގެ އެސްފީނާޖެހުން ނޫން ކަމެއް ނުވާނެ.

    17
    4
  3. Kfhaa

    މާތް ނަމެއްކިޔަސް ވަނީ ވާވަރު.މުޙައްމަދު ފަދަ މާތް ނަން ކީމަ ހަކުރު ބުއިމާ ވައްކަމުގަ.ދީނޭ ނަމޭ ތިކިޔަނީ މަޔާހޮކިތައް. ޢެހެން ނޫނަސް ދިވެހިންގެ އާއްމުކަމެއް އެހެން މީހުންގެ ދިރިއުަލުމާއި ބެހުން.އަމިއްލަފޫކޮޅުގަ އޮންނަ ފޯލި ނުފެނި

    2
    8
  4. ހައިރާންވެއްޖެ!

    އިސްލާމިކް މިނިސްޓްރީ އިން ތިޔަ ނަން ފާސްކޮށްދީފިތަ؟ މަޝްހޫރު ފަންނާނުންނަށް ހީވޭ ވައްތަރު ވައްތަރުގެ ނަން ފާސްކޮށްދޭނެހެން، އެކަމަކު އާންމު ރައްޔިތެއް ނަމަ އަރަބި ބަސް ނޫން ބަހަކުން ނަން ކިޔަން އެނަން ފާސްކުރަން އެއްތަނުން އަނެއްތަނަށް ދުވަން ޖައްސާނެއެވެ. ކުއްޖާއަށް ރީތި ނަމެއް ކިޔުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ކޮމެންޓްކޮށްފައިވާ މީހުންނަށް ތަންކޮޅެއް ރީތިކޮށް މިކަން ވިސްނައިދެވުނީސްކަން ޔަޤީނެވެ. ކުއްޖަކަށް ދެވިފައިވާ ނަމަކަށް ހަޖޫޖެހުމަކީ ހުތުރު ނާތަހުޒީބީ ޢަމަލެކެވެ.

    18
    2
  5. ވޭން

    ޔަންގް މުލާ ބެއިބޭ

  6. ލުބާ

    ދިވެހީން ގެ ނާތަހުޒީބު ކަމާ ހެދި ހައިރާންވޭ. ނުބެހޭ ކަމެއް ނޯވޭ. ދަރިއަށް ކިޔާނެ ނަން އެނގޭނީ އެކުއްޖެއްގެ މައިން ބަފައިންނަށް.

    59
    10
  7. ލިއުޝާ

    ދެއްކުންތެރިކަން ކޮމެސް ވަރަކަށް ކުޑަކޮށްލީމަ ތިބުނާ ”ހާޓްފުލް“ ކޮމެންޓްތައް ލިބޭގޮއި މަދުވެދާނެ ތޯއްޗެއް، ނުބައި މީހުންގެ ލޯތަކުން މުލާ ސަލާމަށް ކުރައްވާ މުލާގެ މަންމައާއި ބައްޕައަށް ހެޔޮ ވިސްނުން ދެއްވާށެ..!

    61
    8
  8. ޢޯކޭ

    ދަރިންނަށް ދީފައިވާ ނަންތަކާ މެދުވެސް ސުވާލުވެވޭ ދުވަހެއް އަންނާނެ

    57
    2
  9. އަލީ

    އެހެންވެ ދޯ ބުނަނީ ސޯޝަލް މީޑިއާގަ ހުރިހާ ވާހަކައެއް ނުޖަހާށޭ! ދެން ކޯންޗެކޭ ކިޔާކަށް. އެކަން އެނގޭއިރު ކީއްކުރަން ޖަހަނީ. ދެން މީހުންގެ ހަސަދައާ އެސްފީނާ ޖެހުނީމަ ކީކޭ ބުނާނީ.

    47
    4
    • މުޒްދަލިފާ

      ލަމް އަށް މިހާރު ވިސްނިފަ އޮންނާނީ ސޯޝަލް މީޑިއާގައި އެހާ ދެއްކުންތެރިކޮށް އުޅުނީމަ އޭގެ ހިތި ނަތީޖާ. ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމަށް މިއަދު ކުރި މަސައްކަތުގެ ނަތީޖާ.

      15
      1
  10. މައެއް

    އިލްމުވެރިން ސޯޞަލްމީޑިޔާގައި ދިރިއުޅުން އިސްތިހާރު ނުކުރުމަށް އެދެނީ ކަމެއްވީމަ.. އަމްދުން ތިމާގެ ދަރިން..

    46
    2
    • މީހެއް

      Hajamu veyba

      1
      6
  11. ތޯމަސް މުލަރ

    މިއީ ދެންމެ ވިހޭ ކުއްޖަކާ ދެކޮޅަށް ކޮއްފަ ހުރި ކޮމެންޓެއް ނޫން ލަމްއާ ދެކޮޅަށް ކޮއްފަ ހުރި ކޮމެންޓް ލަމްގެ އީގޯ އެއްކައިރި ކޮއްފައި ކުޑަ ދަރިފުޅާ ދޭތެރޭ ވިސްނާ އެކުއްޖާއަަށް ނޯމަލް ނަމެއް ދޭން ނަސޭހަތްތެރިވަން ނަމާ އެކު ދިރިއުޅެން ޖެހޭނީ އެ ކުއްޖާއަށް ލަމްއަކަށް ނޫން ލަމްއަށް ބުލީކުރުން ބަލައިނުގަންނަން އެކަމަކުވެސް

    42
    5
  12. ވޯލް

    މުލާ ނިޔަސް ނުލާ ކިޔަސް، މުސްލިމް ނަމެއް ވެއްޖެއްޔާ އެ ނިމުނީ.

    27
    2
    • ނަން

      ނަމެއްް މުސްލިމްް ވޭތަަ.؟ ބިލާލްް ފިލިޕްސްް، ޒާކިރްް ނައިކްް، މެންކްް، ދީދާދުު، މިި ނަންނަން މީި ދީންް ފެތުރުމުގަަ ހަޔާތްް ހޭދަކުރަމުންް ދާަަ މީސްމީހުންގެެ ނަންް.
      މީި ތިބުނާާ މުސްލިމްް ނަމެއްް؟

      5
      5
  13. ޢެ ކަނބާ

    ދީން ކޮބައިތޯ ދަރިފުޅަށް ނަން ކީއިރު….

    22
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ