ރައީސް ނަޝީދު އާއި ޑިފެންސްގެ ވެރިން ބައްދަލުކުރެއްވުން (16 ފެބުރުވަރީ 2020) ފޮޓޯ: މަޖިލިސް

ބުއްދިވެރީ މަޅިއެއްގައި ޖެހުނީމަ މަޑުންހުރުން، ނެއްޓެން އުޅޭނީ ފަހުން: ރައީސް ނަޝީދު

މަޅިއެއްގައި ޖެހުނީމަ، ތެޅިގަތީގައި އިތުރު މަޅީގައި ޖެހޭނެކަމަށްބުނެ ރައީސް ނަޝީދު ފުން ބަހެއް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުކުރައްވާ ނުރަސްމީ ޓްވިޓަރ އެކައުންޓް "އެލެކްސް އަޙްމަދު" އެކައުންޓުން މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބުއްދިވެރީ މަޅިއެއްގައި ޖެހުނީމަ މަޑުން ހުރުން ކަމަށާއި، ނެއްޓެން އުޅޭނީ ފަހުން ކަމަށެވެ.

"މަޅިއެއްގައި ޖެހުނީމާ ނެއްޓެން ތެޅިގަނެއްޖެނަމަ އިތުރު މަޅީގައި ޖެހޭނެ، ބުއްދިވެރި ގޮތަކީ މަޑުމަޑުން އިނުން. މަޅިން ނެއްޓެން އުޅޭނީ ފަހުން." ރައީސް ނަޝިދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝިދުގެ މި ފުން ބަސްފުޅުތައް ސީދާ އަމާޒުކުރައްވަނީ ކޮން ކަމަކަށްކަން ޔަޤީން ނުކުރެވުނު ނަމަވެސް، ބެލެވޭ ގޮތުގައި ނަޝީދު އިޝާރާތް ކުރައްވަނީ އެމަނުކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށެވެ.

ހަމަލާ ދެވިފައިވަނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ހުރިގޮތުންކަމަށް އެއްބަޔަކު ތުހުމަތު ކުރާއިރު، އެކަމުން ރެކެން އެމްއެންޑީއެފްގެ ތެރެއިން އެކަމުގެ ފުރިހަމަ މަޢުލޫމާތު ލިބިހުރި ބައެއް ފަރާތްތައް ދަނީ ބައެއް މީޑިއާތަކަށް ކާކުކަން ނޭނގޭގޮތަށް އިންޓަވިއުތައް ދެއްވަމުންނެވެ. މިފަދަ އިންޓަވިއުތަކުގައި ނަޝީދަށް ހަމަލާ ދެވުނީ ނަޝީދު ބަސްގަބޫލު ނުކުރެއްވުމުގެ ސަބަބުން ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާފައިވެއެވެ.

ސަލާމަތީ ބާރުތަކުގެ ތެރެއިން ކާކުކަން ނޭނގޭ ގޮތަށް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާތީ، އެމްޑީޕީ އިން ވަނީ "ޕްރޮޕެގެންޑާ" ފަތުރާކަމަށް ތުހުމަތުކޮށް އެކަމާ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ވާސިލުވުން އަވަސް ކުރުމަށާއި، ހަމަލާއަށް ފަންޑުކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ.

މިލިޔުން ކިޔާލުމުން
22111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ