ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެފެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ފަތިހު 04:00 އިން ހަވީރު 09:0 އަށެވެ.
އެ އިދާރާއިން ނެރެފައިވާ އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަަށް ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
Alert white for strong winds and rough seas. pic.twitter.com/0opmyIGRKY
— Maldives Meteorology (@MetMaldives) May 30, 2021
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ސަރަހައްދުތަކުގެ މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށެވެ.
"ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވޭ." އެއިދާރާއިން ބުނެފައިވެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ދަންނަވަން އެއިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.



