ކޮވިޑް-19 ގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖޭއިން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި މިއަދު ފުރަތަމަ ނިޔާވެފައި ވަނީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 06:37 ގައެވެ.

މިއަދު މި ބަލީގައި ދެވަނަ އަށް ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11 ގައި ފަރުވާ ދެމުން އައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރުފަހު 03:39 ގައެވެ.

އެއާއި އެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 160 އަށް އަރާފައެވެ.

ކޮވިޑް-19 މިހާރު ވަރަށް ހަލުވި ކަމާއެކު ރާއްޖޭގައި އަންނަނީ ފެތުރެމުންނެވެ. މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި މިހާތަނަށް 63،686 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި މިހާރުވެސް މިބައްޔަށް 24،205 މީހަކު ފަރުވާ ހޯދަމުން އަންނައިރު، 218 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރައްތަކެއްގައިވެސް މި ބަލީ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ