ޝައިޚް ޢަލީ ޒައިދު

ޤާނޫނަކީ ވަކި ބައެއްގެ ހިމާޔަތުގައި ފަހާލެވޭ ހެދުމަކަށް ވެގެން ނުވާނެ: ޒައިދު

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކި ވަކި ބައެއްގެ ހިމާޔަތުގައި ފަހާލެވޭ ހެދުމަކަށް ވެގެން ނުވާނެކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމާއި ގުޅިގެންނެވެ.

އެގޮތުން ޒައިދު ވިދާޅުވީ ޤާނޫނަކީ ވަކި މީހެއްގެ ހިމާޔަތަށް ނުވަތަ ވަކި ބައެއްގެ ހިމާޔަތުގައި ފަހާލެވޭ ހެދުމަކަށް ވެގެން ނުވާނެކަމަށާއި، ޤާނޫނަކުން އިސްލާމް ދީނުގައިވާ މުންކަރާތަށް އިންކާރު ކުރުމުގެ ބޮޑު އަސާސަށް ހަނިކަން އަންނަ ގޮތަށް ޤާނޫނު ފަރުމާ ކުރުން ހުއްދަ ނުވާނެކަމަށެވެ.

"މުންކަރާތަށް އިންކާރު ކުރުމަކީ ވާޖިބެއް" ޝެއިޚް ވިދާޅުވިއެވެ.

މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.

ހަމަ އެހެންމެ މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މި އިސްލާހު މަޖިލީހަށް ހުށައެޅުމާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫ ޖަހާ ކުފުރުވުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގެންވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުގައިވެސް ކުށެއްކަމަށެވެ. އަދި އެކުއް މީހަކު ފާޅުގައި ކުރަމުން އަންނަ ނަމަ އެވާހަކަ ފާޅުގައި ބުނަން ޖެހޭކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

4 Responses

  1. Adindaa19

    ފަހާތަންތަނުން ފަހަނީ ވެސް ވަކިބަޔަކަށް. ޢެބަޔަކަށް ހެޔޮވަރުވީމަ އެ ނިމުނީ. ދެން ފަތިން ގޮއްސިއްޔާ ހަދާނެ މާބޮޑު ގޮތެއް ނެތް.ދެން ބާ ފޮތި މަތީ އާފޮތި އަޅަން ދެން ޖެހޭނީ.

  2. Asluves

    Yageeneh non

  3. ހުދުހުދު

    ކޮބާ ލާދިނިއްޔަތަށް ސަޕޯޓު ދިނީމާ ވާގޮތް ފެނޭތަ؟ ދެން ތިބޭ.

  4. މީހެއް

    ތިޔަގޮތައް ހެދުން ނުފަހަނީ ކޮންބައެއް އިލްމުވެރިންވެސް އެކިޤައުމުންކިޔަވައިގެން އައިސް ހެދުންފަހަނީއެކިގޮތައްދީނީ މައުލޫ މާތުވެސް ފަތުރަނީއެކިގޮތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ