މަރުގެ އެކްސިޑެންޓަށްފަހު ފިލި މީހާ ހައްޔަރުކޮށްފި

މިދޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގުމުން ސައިކަލް ދުއްވި ޒުވާނާ ވަނީ ފިލާފައެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ދިޔަ މީހާ އިއްޔެ ހަވީރު 05:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ސައިކަލްގެ ފަހަތުގައި ހުރި އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ ވަނީ ނިޔާވެފައެވެ. ގާޑިޔަލުގެ މުއްގަނޑު އޭނާގެ ކަރަށް ހެރިފައިވާއިރު، އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ