އިންޒާރުތަކާއި ގުޅިގެން ހިސާނަށް ސެކިއުރިޓީ ދެނީ

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި  ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސެއިން އަށް މަރުގެ އިންޒާރުތައް ލިބެމުންދިއުމާ ގުޅިގެން އެމްއެންޑީއެފުން އޭނާ ސެކިއުރިޓީގެ ކަންކަން ބަލަން ފަށައިފިއެވެ.

ހިސާންއަށް މަރުގެ އިންޒާރުތައް ދެމުންދަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމާއި ގުޅިގެންނެވެ.

މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.

ހަމަ އެހެންމެ މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މި އިސްލާހު މަޖިލީހަށް ހުށައެޅުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
324
ގުޅުންހުރި ލިޔުންތައް

6 Responses

  1. ާއަރުސަދު

    ކަލޭ ހީނުކުރާތި ތީ އެންމެ މޮޅު މީހާއޭ

  2. ޢާދަނު

    ކޮންއިންޒާރެއް ދޭކަށް ހަރުކަޝިމީހުންގެ އެކަނި ތަނެއްތަ ރާއްޖެއަކީ

    5
    1
  3. ފުއްލ އުމަރު

    މި ޒާތުގެ ބިލެއް ފާސް ކުރަން ވޯޓުދޭ ކޮންމެ މެންބަރަކަށްވެސް ސެކިއުރިޓީ ދޭންޖެހޭނެކަމަށްް މިފެންނަނީ ކަންކަން ވާގޮތުން

  4. ތެލަބަގުޑި

    ކޮޔާ ހީސާން އައުރަނިވާކޮއްބަލަ ނުލަފާ ގޮއްޔެތީ؟؟

    8
    5
  5. އަދަމް އިބުރހިމް

    އެއްލޯއަދިރި ޑިމޮކްރސީ ގަށް…………

    3
    2
  6. ގޯސް

    އާޅެ ދިވެހިންނަށް ވެރިކަމަށް އަދި މެމްބަރުންގެ ގޮތުގައި މި ހޮވުނީ ހަމަ ދިވެހި މުސްލިމުންބާ? އަބަދުވެސް އަޑުއިވެނީ ދީނަށް ނިކަމެތިކަން ދޭންއުޅޭއަޑު. އަވަހަށް އރކަމަނާއަށް ގެ ކޮޅަކާ މުވައްޒަފުން ހަމަޖައްސަވައިދެއްވާ. އެކަމަކު އެގެކޮޅަށް މަލަކަލް މައުތުގެ ފާނަށް ވަދެވޭނެ.

    14
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ