ފޮޓޯ: ސަން

ނަޝީދު އާއި ލައިލާ ވަރިވެފައިވާ ކަމަށް ބުނާ މައްސަލަ ބަލަން ޖާބިރު އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސް މަހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ވަރިވެފައިވާ ކަމަށް ބުނާ މައްސަލަ ބަލަން ޖާބިރު އެދިވަޑައިގެންފިއެވެ.

މި މައްސަލަ ބަލައި ދިނުމަށް ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަރިހުން އެދިވަޑައިގެންފައިވަނީ ނަޝީދާއި ލައިލާ ވަރިވެފައިވަނީ ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ނަޝީދާ ދެމެދު ލޯބީގެ ގުޅުމެއް އޮންނާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދާތީ އެވެ.

ހައްޖު ދުވަހާއި ގުޅިގެން ޖާބިރު، ހޯމް މިނިސްޓަރ އިމްރާނަށް ފޮނުއްވާފައިވާ އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިނިވަން ޖުޑިޝަރީ އެއް އޮންނަން ޖެހޭނެކަމަށް ރައްޔިތުން ގަބޫލު ކުރާކަމަށާއި އަދި ރައީސް ނަޝީދު ވެސް ފަނޑިޔާރުގެއަށް އަތް ބާނައިގެން ނުވާނެކަމަށް ވިދާޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑަށް އަޑުއިވިގެން މިދިޔައީ ރައީސް ނަޝީދު ކައިރިން މެޑަމް ލައިލާ ވަރިވެއްޖެކަމަށާއި ހިސާން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް ލުމަށް ފަހު އޭނާ އާއި ލޯބީގެ ގުޅުމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި އޮވެއްޖެ ނަމަ ޖުޑިޝަރީ މިނިވަނެއް ނުވާނެ ކަމަށާއި މިމައްސަލަ އަކީ ބަލަން ޖެހޭ މައްސަލައެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި މިއީ ހިނަގާފައިވާ އަމަލެއް ކަމުގައިވާނަމަ ވަގުތުން ވަގުތައް ރައީސް ނަޝީދާއި ހިސާން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާނަށް ފޮނުއްވާފައިވާ އޯޑިއޯ މެސެޖުއި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
115
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Theyrif

    Thi gothah kithah vari mi raajjeygaa higaafaa on’naane baa?
    Hama eggothakah ves firihenun maithiri kurevey gotheh nuvaane baa.!

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ