ހިސާން ހުސައިން - ފޮޓޯ: އަވަސް

ޖޭއެސްސީ އަށް ހިސާން އައްޔަން ކުރަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރާ މެންބަރަކަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިންގެ ނަން މަޖިލިހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ން ނިންމައިފިއެވެ.

ޖޭއެސްސީ އަށް ހިސާން ކަނޑައަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާންގެ ނަން ޖޭއެސްސީއަށް ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކުރި އިރު، އެ ޕާޓީން މަޖިލިހަށް އެކުލަވައިލި "އެޖެންޑާ 19" ގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމަށްވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހިމެނި ސިޔާސަތަކީ ހިސާންގެ ބޮޑު އެއްބާރުލެއްވުމަކާ އެކީ ތައްޔާރުކޮށްފައިވާ ސިޔާސަތެކެވެ.

މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީ އަށް އެންމެ ފަހުން ކަނޑައަޅާފައި ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުގައި މިއަދުގެ މަޖިލީހަށް ހިސާންގެ ނަން ފޮނުވަން އެމްޑީޕީން ފާސްކުރިއިއިރު، ރޭ މެންދަމު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އައްޔަނުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ