އެމެޖެންސީ ހާލަތުގައި ޗައިނާގެ ސިނޮވެކް ވެކްސިން ޖެހުމުގެ ހުއްދަ ދީފި

ކޮވެކްސް ސްކީމަށް ޗައިނާއިން އުފެއްދި ސިނޮވެކް ކޮވިޑް ވެކްސިން އެމެޖެންސީ ހާލަތްތަކުގައި ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދީފިއެވެ.

މިއީ ޗައިނާއިން އުފެއްދި ވެކްސިންތަކުގެ ތެރެއިން ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުނު ދެވަނަ ވެކސިންއެވެ. މީގެ ކުރިން ހައްދަ ދީފައިވަނީ، ޗައިނާގެ ސިނޮޕޯމް ވެކްސިން އަށެވެ.

ޗައިނާގެ ސިނޮވެކް ބައޯޓެކްއިން ކޮވިޑް-19 އަށް އުފެއްދި މި ދެ ޑޯޒްގެ ވެކްސިން މިހާރުވެސް ވަނީ އެތައް ދުނިޔޭގެ އެތައް ގައުމުތަކަކަށް ފޮނުވާފައެވެ. ސިނޮވެކް ވެކްސިންގެ ރައްކާތެރި ކަމާމެދު މީހުން ސުވާލުއުފައްދަމުން އައި ނަމަވެސް، ޑަބްލިއެޗް އޯ އިން މި ވެކްސިން އަށް ހުއްދަ ދީފައިވަނީ، މިއި ރައްކާތެރި، އެފެކްޓިވް އަދި ކޮލިޓީ ރަނގަޅު ވެކްސިން އެއްކަން ކަށަވަރު ކުރުމަށްފަހު ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސް ސްކީމަށް ޗައިނާގެ ތިން ކުންފުންޏަކުން ވަނީ ވެކްސިން އުފައްދާފައެވެ. އެއީ ސިނޮފާމް، ސިނޮވެކް އަދި ކޭންސިނޯ އެވެ.

މި ސްކީމުގެ ދަށުން ފަގީރު ގައުމުތަކަށް އެތައް މިލިއަން ވެކްސިނެއް ފޯރުކޮށްދޭނެކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްނެގުމުގެ މަތިން އުފައްދާފައިވާ ކޮވެކްސް ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ދެ ބިލިއަން ޑޯޒުގެ ވެކްސިން އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ