މުދާ ބަރުކުރަން އޮތް ދޯންޏެއްގެ ފަޅުވެރިޔަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެމްޕީއެލް ސަރަހައްދަށް މުދާ ބަރުކުރަން ވަދެ އޮތް ސޮނީ ހާޑްވެއާގެ ދޯންޏެއް ކަމަށްވާ "ފަރުމާ" ގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ. އޭނާ ނިޔާވެފައިވަނީ ހޭނެތިގެން ވެއްޓުމުން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް މި ނޫހަށް ވިދާޅުވީ، މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ކުންފުނީގެ މެޑިކަލް ޓީމު އެ ސަރަހައްދަށް ގޮސް އެ މީހާ އެމްބިއުލާންސްގައި އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ.
ދާނިޝް ނިޒާމް އިތުރަށް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު އެމްޕީއެލް އަށް ލިބިފައިވަނީ ހެނދުނު 11:23 ގައި ކަމަށާއި 11:26 ގައި އެމީހާ އައިޖީއެމްއެޗްއަށް ގެނގޮސްފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދީފައިވާ ކަމަށެވެ.



