މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް

މިޝްކާ ނިޔާވި މައްސަލަ މަޖިލީހަށް!

އުމުރުން 10 އަހަރުގެ ހދ.ކުޅުދުއްފުށީ، ލާޖަހާގޭ ފާތިމަތު މިޝްކާ މުޙައްމަދު ކޮވިޑް-19 ގައި ރޭ ނިޔާވެފައިވާއިރު، ނިޔާވުމުގައި އޮތް އިހުމާލުތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށައަޅާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހައިތަމް ފޮނުއްވި ސިޓީގައި ވަނީ މިޝްކާ ހޮސްޕިޓަލަށް ގެންދިއުމަށް އައިޖީއެމްއެޗްގެ އެމްބިއުލާންސަށް އާދެވުނީ 2 ގަޑިއިރުވި ފަހުންކަމަށާއި އަދި އަބަދުވެސް ސިއްޚީ ފަރުވާތައް ދިނުން ލަސްކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިކަން މިގޮތައް ދިމާވާ ސަބަބު ދެނެގަތުމަށް ހައިތަމް އެދިވަޑައިގެންފައި ވެއެވެ.

މިޝްކާ ނިޔާވި މައްސަލައިގައި އިހުމާލުވި ފަރާތްތަކުން އެކަމުގެ ޒިންމާ ނަގައި ޖަވާބުދާރީ ކުރުމުގެ މަސަތްކަތް މަޖިލީހުން ކުރުމަށް ހައިތަމް އެދިފައިވެއެވެ. އަދި އެ ފަރާތްތައް ޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދޭން ޚައިތަމް އެދިވަޑައިގެންފައިވެއެވެ.

މި ތުއްތު ކުއްޖާއަކީ ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 170 އަށް ވަނީ އަރައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ