ކައިވެނި ކުރުމުން ލިބޭ ހަދިޔާއިން ޓެކްސް ނަގަން ޖެހޭ ގޮތައް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުން މަޖިލީހަށް މި ބިލު ހުށައަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރެވެ.
މި ބިލުގައި ބުނެފައިވާގޮތުން ކައިވެނީގެ އުފަލުގައި ލިބޭ ހަދިޔާއެއް ކަމަށް ބަލާނީ، އެ އެއްޗެއް ލިބުނީ ކައިވެނި ކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނި ކުރިތާ ގިނަވަގެން 30 ދުވަސް ފަހުން ލިބުމުން ކަމަށެވެ.
ކައިވެނި ކުރުމުން ލިބޭ ހަދިޔާއިން ޓެކްސް ނަގަން ހުށައަޅައިފައިވާއިރު، މީގެ ކުރިން އެ މާއްދާގައި ވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާއިން ޓެކްސް ނުނެގޭނެގޮތަށެވެ. ނަމަވެސް މިއަދު ހުށައެޅި އިސްލާހާއެކު، ބަޔާންކޮށްފައިވާ މުއްދަތުގައި ލިބޭ ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގޭނެއެވެ.
ބިލުގައި ހިމެނޭ މިފަދަ ބައެއް މާއްދާތައް އުނިކުރަން ބައެއް މެންބަރުން ވާހަކަ ދައްކާފައިވާއިރު، މި ބިލު ބަލައިގަނެ ދިރާސާ ކުރަން ފޮނުވަން ބައެއް މެންބަރުން ތާއީދުކުރައްވާފައި ވެއެވެ.





2 Responses
ކައިވެނި ކުރުމަށްފަހު ޖިމާއުވާ ކޮންމެ ފަހަރަކަށްވެސް ޓެކްސް ނަގަން ފެނޭ
އަނބިފިރިކަމުގެ ގުޅުން ހިންގާއިރު އުފާލިބޭތީ އެކަމަށް ވެސް ޓެކްސް ނަގަންވީނު. މީ ބޮޑުބަލާއެއް