ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން | ފޮޓޯ: ވަން އޮންލައިން

ކޮވިޑް-19: މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިއަދު މެންދުރު ފަހު 02:35 ގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށް ފަރުވާ ދެމުން އައި އުމުރުން 84 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާކަމަށެވެ.

މި މަރާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަަދަދު މިވަނީ 171 އަށް އަރާފައެވެ. އަދި މި މަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 10 އަށް އަރާފައެވެ.

މިއަދު މި ބަލީގައި ފުރަތަމަ ނިޔާވެފައި ވަނީ އުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާއެވެ. މިޝްކާ ނިޔާވެފައި ވަނީ ރޭ 12:10 ގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ރާއްޖޭގައި މި ބަލި ހަލުވި ކަމާއެކު ފަތުރެމުން އަންނަ އިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާތަނަށް 65،164 މީހަކަށް މި ބަލި ޖެހިފައިވާކަމަށް އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައެވެ. އަދި ހޮސްޕިޓަލުގައި 208 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މި ބައްޔަށް 24،035 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައިވެސް މި ބަލި އަންނަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ