މާދަމާ ރޭ ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ، ސަމާލުވުމަށް އެދެފި

މާދަމާ ރޭ ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރާތީ މުހިންމު މުއާމަލާތްތައް އޭގެކުރިން ނިންމުމަށް ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެފިއެވެ.

ބީއެމްއެލްއިން ބުނީ، އެބޭބްކްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެދުނު 9:00 އަށް ކުރިއަށް ދާނެކަމަށެވެ. އަދި ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ. އަދި މި މަސައްކަތްކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

"ކާޑު ބޭނުންކޮށްގެން މުހިންމު މުޢާމަލާތެއް ކުރަންޖެހޭނަމަ، އެ މުޢާމަލާތެއް ކުރިން ނިންމުމަށް އެދެމެވެ." ބޭންކުން ބުނެފައިވެއެވެ

އެގޮތުން ހޮޓަލުން ޗެކްއައުޓްވާ ވަގުތު ފައިސާ ދެއްކުމާއި، އޮންލައިން ފައިސާ ދައްކަންޖެހޭ ސުންގަޑި ހަމަވާ މުޢާމަލާތްތަކާއި ކާޑުންކުރާ ރާއްޖޭން ބޭރުގެ މުޢާމަލާތްތައް ފަދަ މުހިންމު މުޢާމަލާތްތައް ކާޑު ސިސްޓަމް އަޕްގްރޭޑް މަސައްކަތް ފެށުމުގެ ކުރިން ނިންމުމަށް ބޭންކުންވަނީ އެދިފައެވެ.

އަޕްގްރޭޑް މަސައްކަތް ހިނގަމުންދިޔަ ނަމަވެސް އެވަގުތުގައި އިންޓަރނެޓް އަދި މޮބައިލް ބޭންކިންގެ ޚިދުމަތް ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކުން ބުނީ، ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ