ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 704 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 704 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިއަދު ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މުޅި ޖުމްލަ 5،118 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 407 މީހުން، އަތޮޅުތެރޭ ރައްތަކުން 271 މީހުން، ރިސޯޓުތަކުން 185 މީހުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 65،868 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 41،779 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 23،909 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 197 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ