"ލާދީނީ" ކަމަށް އެހެން މީހަކާ ދިމާއަށް ބުނުނީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައަޅައިފައިވާ އިސްލާހާއި ގުޅިގެންނެވެ.
މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.
ރައީސް ނަޝީދު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، "ލާދީނީ" ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެއް ކަމަށެވެ. އަދި އެހެން ބުނަނީ އަނެކާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ކަމަށާއި ބުނެވޭން ހުރި ނުރަގަޅުބަސްތައް މަދުކަމުގެ ސަބަބުން ބުނާ ބަސްތަކެއް ކަމަށް ލަފާކުރާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް އުޅޭ މީހެއް ނަމަ، އެތައް ބައެއްގެ ނަޒަރުގައި އެމީހަކީ "ލާދީނީ" މީހެއްކަމަށް ބުނެވެން ޖެހޭ ކަމަށާއި ނަމަވެސް އިސްލާމް ދީނުގެ އެންމެ މަތިވެރި އުސޫލަކީ ޣައިބަށް އީމާންވުން ކަމަށެވެ.




3 Responses
މަނިކުފާނު ޑެންމާކުގައި ވެސް ވިދާޅުވީ ޝަހާދަތްތޯ.؟ ކޮންމެފަދަ ނުލަފާ ވާހަކައެއް ދައްކާފަވެސް ސިންޕަތީ ހޯދަންވީމާ ތިމަންނާ މިހާރުވެސް މިކިޔަނީ ޝަހާދަތޭ އަންނަ އަހަރު ހައްޖަށް ދާނަމޭ ކިޔައިގެން އޮޅުވާލަން ވާހަކަ ދައްކާނެ ކަމެއްނެތް• އަބަދު ލާދީނީ ވާހަކަ ދައްކާ އަދި ގައުމަށް ޣައްދާރުވުން ނޫން ކަމެއް ބޭފުޅާގެ ފަރާތުން ނުފެނޭ.
އަޅުގަގަޑުމެން ގިނަދިވެހިން ވަރައް އުފާވާނެ މަނިކުފާނު ދީނީއިލްމު އުގެނި ދީނީ ތަގުރީރުތަށް ދޭންފައްޓަވައިފިނަމަ
https://www.facebook.com/watch/?v=725838738015422