ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 648 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 648 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 3،832 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 349 މީހުން، އަތޮޅުތެރޭ ރައްތަކުން 270 މީހުން، ރިސޯޓުތަކުން 13 މީހުން، އަދި ތަރައްގީކުރަމުން އައްނަ ރައްތަކުން 16 މީހުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 66،516 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 43،959 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 22،375 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 213 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ