ކޮވިޑް-19 އަށް ރޭންޑަމް ސާމްޕަލް ނެގުން | ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 432 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 432 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 4،056 ސާމްޕަލް ކަމަށާއި އޭގެތެރެއިން ޕޮޒިޓިވުވެފައިވަނީ 432 ސާމްޕަލް ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 249 މީހުން، އަތޮޅުތެރޭ ރައްތަކުން 154 މީހުން، އަދި ރިސޯޓުތަކުން 29 މީހުންނެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 45،730 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 21،032 މީހުންނެވެ. މީގެތެރެއިން 213 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިއަދުގެ މިހާތަނަށް މުޅި ޖުމްލަ ތިންމީހުން ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވެފައި ވެއެވެ. މުޅި ޖުމްލަ މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 177 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ