ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 590 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 5،256 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 389 މީހުން، އަތޮޅުތެރޭ ރައްތަކުން 195 މީހުން، އަދި ރިސޯޓުތަކުން 06 މީހުންނެވެ.
✳️ COVID-19 : Case Updates
Out of the 590 cases being reported today, 461 cases are positive cases from samples collected between 6pm of 4th June and 6pm of 5th June. pic.twitter.com/6bYh7kESjK
— Health Protection Agency (@HPA_MV) June 5, 2021
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 67،538 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 47،333 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 20،014 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 191 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.



