ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ އިންޑިއާގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު މަރުވުމުން، ގިނަ ބަޔަކު ވެގެން ޑޮކްޓަރު ގައިގައި ތަޅާ އަނިޔާކޮށްފިއެވެ.
ޑޮކްޓަރަށް އަނިޔާ ކުރި މި މައްސަލައިގައި 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިދިޔަ ބުދަ ދުވަހު، ފަރުވާ ދެމުން ދިޔަ މީހާ މަރުވުމުން ގިނަ ބަޔަކު އައިސް ތަޅާ އަނިޔާކޮށްފައިވަނީ އެވަގުތު ވޯޑްގައި ހުރި ޑޮކްޓަރު، ޑރ. ޗޫޖް ކުމާރް ސެނަޕަޓީ އަށް ކަމަށް އިންޑިއަން އެކްސްޕްރެސް އިން ބުނެފައުވެއެވެ. އަދި އޭނާ ގައިގައި ވަރަށް އިހާނެތިކޮށް އަތުންނާއި ފިހިގަނޑުން ތަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
މި ޑޮކްޓަރު ގައިގައި ތަޅާ އަނިޔާ ކުރާތަކުގެ އެއްބައި ވީޑިއޯ ކޮށްފައިވާއިރު މި ވީޑިއޯ ވަނީ މީސްމީޑިއާގައި އާންމު ވެފައެވެ. އާންމު ވެފައިވާ ބައެއް ޕޮޓޯތަކުން ފެންނަ ގޮތުގައި ޑޮކްޓަރުގެ ބުރަކަށީގައި ތަޅާފައިވާ ތަންތަން ވަރަށް ބޮޑަށް ރަތް ވެފައިވެއެވެ.
މިހާތަނަށް އިންޑިއާއިން 28،804،981 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރުކޮށް އެތައްހާސްބަޔަކު އައްނަނީ މަރުވަމުންނެވެ. އަދި ކޮވިޑް-19 ގައި 346،675 މީހުން ވަނީ މަރުވެފައެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް 28 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވުވެފައެވެ. މިއީ މުޅި ދުނިޔެއަށް ބަލާނަމަ ދެވަނައަށް އެންމެ ގިނަ އަދަދެވެ. އިންޑިއާއަށްވުރެ އިތުރަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެ ލިސްޓުގެ އެއްވަނައިގައި އުޅެނީ އެމެރިކާއެވެ.