ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށް ފަންޑުކުރި ފަރާތްތަކުގެ ތަހުގީގު ކުރިއަށް ދަނީ އެމެރިކާގެ މާހިރެއްގެ އެހީގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ބޮމުގެ ހަމަލާއަށް ފަންޑުކުރި ފަރާތްތައް ހޯދުމަށް ކުރިއަށް ގެންދާ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި މި މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ތަޖުރިބާ ކާރު ބޭފުޅެއްގެ އެހީތެރިމާއެކުގައި ކަމަށެވެ.
ތަހުގީގަށް ހުރަސްއެޅިދާނެ ކަމަސް ބުނެ ލިބިފައިވާ ކުރިއެރުންތައް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފަންޑުކުރި ފަރާތްތައް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށްވާ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. މީގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙެވެ.




