ކޮވިޑް-19: އިތުރު މީހަކު ނިޔާވެ، އަދަދު 190 އަށް!

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 190 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މި ބަލީގައި ރާއްޖެއިން އެނެމް ފަހުން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގައި އެޑްމިޓްކޮށްފައި އޮތް 77 އަހަރުގެ ދިވެހި ފިހެނެއްކަމަށެވެ. މި މީހާ ނިޔާވީ މިއަދު ހެނދުނު 09:50 ގައެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 68،872 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 17،461 މީހުންނެވެ. މީގެތެރެއިން 152 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ